ޕެޓުގެ ގޮތުގައި ޖަނަވާރުން ގެންގުޅެވޭނީ ރަޖިސްޓްރީކޮށްގެންކަމަށް ކަނޑައެޅުމަށް ބޭނުންވާ ގާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓްކޮށް ނިމިފައިވާކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރަމީލާ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރާއްޖޭގައި ޖަނަވާރުންނާ ގުޅުންހުރި އެއްވެސް ގާނޫނެއް މިހާތަނަށް އެކުލަވާލާފައިނުވާ ކަމަށާއި، ޖަނަވާރުންނާ ގުޅޭ މާބޮޑު މެންޑޭޓެއްވެސް މީގެ ކުރިން އެއްވެސް މިނިސްޓްރީ އެއްގައި ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލުގެ ޑްރާފްޓްގެ މަސައްކަތް ނިންމާ ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށާއި، ރާއްޖޭގައި ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރުން ލާޒިމްކުރުމަށް އެ ޑްރާފްޓްގައި ހިމަނާފައިވާ ކަމަށެވެ.
ޕެޓްގެ ގޮތުގައި މި ގެންގުޅޭ ޖަނަވާރު ޓެގްކުރެވިގެންދާނެ. ރެޖިސްޓަރ ކުރެވިގެން ދާނެ. އަދި އޭގެ ސިއްހީ ކަންކަން ބެލުމައްޓަކައި ޤަވާއިދުން ދޭންވާ ވެކްސިން ދިނުމާއި، މި ރެޖިސްޓަރޑް ޕްރޮގްރާމެއްގެ ދަށުން ކުރެވިގެން ދާނެ.
އަލަށް މި އެކުލަވާލާ ގާނޫނުގެ ތެރެއިން ޖަނަވާރުންގެ ސިއްހަތާ ގުޅޭ ވަރަށް ގިނަ ކަންކަން ކަށަވަރުކުރެވޭނެ ކަމަށާއި، ޖަނަވާރުގެ ވެރިފަރާތަކީ ކާކުކަން ދެނެގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހުންނާނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރ އާއިޝަތު ރަމީލާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ