ބްރިޖް، އެއާޕޯޓް ޓްރެފިކް ލައިޓް ކައިރިން އެކްސިޑެންޓެއް ހިނގައިފި

Advertisement

އެންމެ ފަސް

Advertisement

ސިނަމާލެ ބްރިޖް، އެއާޕޯޓް ޓްރެފިކް ލައިޓް ކައިރިން އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ބްރިޖް އެއާޕޯޓް ޓްރެފިކް ލައިޓް ކައިރިން 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 12:57 އެހާކަށްހާއިރު އެވެ.

މި އެކްސިޑެންޓްގައި އެތަނުން އެއް ސައިކަލް ދުއްވި މީހަކަށް އަނިޔާވެފައި ވެއެވެ. އޭނާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވި މީހުންނަކީ ސައިކަލް ދުއްވުމުގެ ލައިސެންސް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ނެވެ.

އެކްސިޑެންޓް ދިވެހި ފުލުހުންގެ ޚިދުމަތް ސިނަމާލެ ބްރިޖް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ