2022 ވަނަ އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާރުގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފަ އެވެ.
މި މައްސަލައިގައި މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި އަޑުއެހުން ކެންސަލް ކުރީ މެންބަރު މުހައްމަދު އިސްމާއިލް ކޯޓަށް ހާޒިރު ނުވުމުންނެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް، 21 ޖޫން 2022 ދުވަހު ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ 02 އޮކްޓޫބަރު 2022 ދުވަހު އެވެ. މި މައްސަލައިގައި ގިނަ ބައެއްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.