ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުވީ އަމިއްލައަށް އެދިގެން: މުހުތާޒު

Advertisement

އެންމެ ފަސް

Advertisement

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުވެވަޑައިގަތީ އަމިއްލައަށް އެދިވަޑައިގެން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން މުހުތާޒު ވަނީ އޭނާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާތާ އެއް ހަފްތާ ވެއްޖެ ކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އެ މަގާމަށް ވަޑައިގަތީ މަސައްކަތްކުރައްވާ ދާއިރާ ބަދަލުކުރެއްވުމުގެ ގޮތުން ކަމަށް މުހުތާޒު ވިދާޅުވި އެވެ. މުހުތާޒު ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީގެ ތެރެއިން އޭނާ މިހާރު މަސައްކަތްކުރައްވަނީ ސިންގަޕޫރް އެމްބަސީގަ އެވެ. އަދި ސަރުކާރާއި އޭނާއާއި ދޭތެރޭ އެއްވެސް މައްސަލައެެއް ޖެހިފައިވާ ނުވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މުހުތާޒު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވަޑައިގަތީ މި ސަރުކާރުން އޭނާ ޕީޖީގެ މަގާމަށް އައްޔަންކުރައްވަން އުޅޭ ކަމުގެ ވާހަކަތައް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނިކޮށެވެ. ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ރައީސް މުއިއްޒު، މުހުތާޒު ޕީޖީގެ މަގާމަށް އައްޔަންކުރައްވަން ބޭނުނުފުޅުވާކަމަށް ތުހުމަތުކުރައްވާފަ އެވެ. ދާދި ފަހުން ޕީޖީގެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޝަމީމް ވަނީ އެ މަގާމުން ވަކިކުރައްވާފަ އެވެ. މަޖިލީހުން އޭނާ އެމަގާމުން ވަކިކުރެއްވީ އިތުބާރު ނެތް ކަމުގެ މައްސަލައެެއްގަ އެވެ.

ފޮރިން މިނިސްޓްރީއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން މުހުތާޒު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނިލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމުގަ އެވެ.

ރައީސް އަބްދުﷲ ޔާމީން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކޮންގްރެސް ޕާޓީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މުހުތާޒް މުހުސިން ޕީއެންއެފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ