ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރަަށް އަނިޔާކުރުން ކުށްވެރިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރަަށް އަނިޔާކުރުން އެ ހޮސްޕިޓަލުން ކުށްވެރިކޮށްފި އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން މި އަމަލު ކުށްވެރިކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ވަނީ އިއްޔެ ރޭ އެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލިމީހެއްގެ އެހީތެރިޔެއް އެވަގުތު ހިދުމަތް ދެމުންގެންދިޔަ މެޑިކަލް އޮފިސަރަށް ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ގެއްލުމެއް ލިބޭފަދަ އަމަލެއް ހިންގާފައިވާ ކަމަށް ބުނެފަ އެވެ.

މިފަދަ އަމަލަކީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން މަނާ އަމަލެކެވެ. މިއީ ސިއްހީ ހިދުމަތް ދޭ ފަރާތަށް މި ގާނޫނުގެ ދަށުން ލިބޭ ބާރުން ހިދުމަތް ދިނުމަށް އިއުތިރާޒުވެވޭނެ ހާލަތެއް ކަމަށް ބަޔާނުގައި ވެއެވެ. އަދި ހޮސްޕިޓަލުންގެ މުވައްޒަފުންގެ ސަލާމަތްތެރިކަމަށް ސަމާލުކަންދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

”މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މި ކަމަކީ މި ހޮސްޕިޓަލުން ނުހަނު ގާތުން ބަލައި، އަޅަންޖެހޭ ފިިޔަވަޅުތައް އަޅާނެ ކަމެއް ކަމުގައި ދަންނަވަން“

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެ ބަޔާނުގައި އިތުރަށް ބުނީ ސިއްހީ ހިދުމަތްތެރިންގެ ކަރާމާތަށް އުނިކަމެއް އަަންނާނެ ފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހިދުމަތް ރަނގަޅުކުރުމަށް އާންމުންގެ ފަރާތުން ލިބޭ ހިޔާލުތަކަށް ހޮސްޕިޓަލުން މަރުހަބާ ކިޔާ ކަމަށްވެސް ބުނެފައިވެ އެވެ.

ކުޅުދުއްފުށި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ