ގައުމީ ތަރައްގީގެ ޕްލޭނެއްގެ ދަށުން މަސައްކަތްކުރުމުން ހައްލުބޭނުންވެފައިވާ ކަންކަމަށް ހައްލު ލިބޭނެ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ހުށަހަޅުއްވާފައިވާ، އާބަން ޑިވެލޮޕްމަންޓްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު މުފީދު ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅި ބަހުސް ކުރެވެނީ ކުރެވޭ ފޮނި އުންމީދެއްގެ ސަބަބުން ކަމަށާއި މިފަދަ ބިލެއް ސަރުކާރުން ހުށަހަޅައި ޤާނޫނީ ބާރުވެރިކަން ލިއްބައިދިނުމުގެ އެއް ބޭނުމަކީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ގެނައުން ކަމަށެވެ.
މުފީދު ވިދާޅުވީ އާބަން ޑިވެލޮޕްމަންޓްގެ ޤާނޫނުން އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ ގައުމީ ސިޔާސަތެއް ކަނޑައެޅޭނެ ކަމަށެވެ. ގައުމީ ތަރައްގީގެ ޕްލޭނެއްގެ ދަށުން ކަންކަން ކުރެވުމުން ލިބޭ ހިތްހަމަޖެހުމާއި މުޅީ މަސައްކަތަށް ލިބޭނެ ހައްލު ވަރަށް ބޮޑުވާނެ ކަމަށެވެ.
ގައުމީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުން ލިބެންޖެހޭ މަންފާ ނުލިބިވަނީ މިފަދަ ސިޔާސަތުތައް މީގެކުރިން ގެނެވިފައި ނެތުމުން ކަމަށް މުފީދު ވިދާޅުވި އެވެ. އަދި މިއަދ ސިޔާސަތެއް ކަނޑައެޅި މަންޒިލަށް ވާސިލުވެވޭނެކަން ފެންނަކަމަށްވެސް ވިދާޅުވި އެވެ.
ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރެވިގެން ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ މުހިންމުކަން ބޮޑުކަމަށް މުފީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދެކޮޅުޖެހޭ ހައްލެއް ލިބޭނީ މިފަދަ މަޝްރޫއުތައް ގާނޫނީ ބާރުވެރިކަމެއްގެ ތެރެއިން، އިދާރީ އޮނިގަނޑެއްގެ ތެރެއިން އަދި ކަނޑައެޅޭ ސިޔާސަތެއްގެ ތެރެއިންެ ކުރެވުމުން ކަމަށެވެ. ރައީސް މުއިއްުޒުގެ ކިބައިން ފެނިގެންދަނީ މި ސިޔާސަތު ނެގެހެއްޓުމަށް ކުރައްވާ މަސައްކަތް ކަމަށްވެސް މުފީދު ވިދާޅުވި އެވެެ.
ރައްޔިތުންގެ މަޖިލިސް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު