ޒާހިރަކީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަދު އަވަހާރަވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަކީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ވިޔަފާރިވެރިޔެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މުހައްމަދު ޒާހިރު އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ކިޔުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން ރައީސް ވަނީ ޒާހިރު އަވަހާރުވުމުގެ ހިތާމައިގައި ބައިވެރިވެ، އެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފަ އެވެ.

ރައީސް ވިދާޅުވީ ޒާހިރަކީ ރާއްޖޭގައި ކާރުހާނާ ހިންގަވައި، ގައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ރައީސް މުއިއްޒުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފްވެސް ވަނީ ޒާހިރުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.

ނައިބު ރައީސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒާހިރު އަވަހާރަވި ހަބަރު އެހީ ފުން ހިތާމަޔާއެކުކަމަށާއި މާތްﷲ މަރުހޫމްގެ ފުރާނައަށް ހެޔޮރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.

މުހައްމަދު ޒާހިރު ނިޔާވެފައިވަނީ ސްރީ ލަންކާގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް މިއަދު ފަތިހު 4:30 ހާއިރުއެވެ. އަވަހާރިވިއިރު އުމުރުފުޅަކި 76 އަހަރެވެ.

މުހައްމަދު ޒާހިރަކީ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރެ ކާމިޔާބު ވިޔަފާރިތަކެއް ކުރެއްވި ހުނަރުވެރި ބޭފުޅެކެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އިގްތިސޯދު ކުރިއެރުވުމަށް ޒާހިރު ކުރެއްވި މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން 1993 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެ ވެރިކަމުގައި ވަނީ ޒާހިރަށް ގައުމީ އިނާމު ދެއްވާފަ އެވެ.

ވިޔަފާރި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ