ޓިކްޓޮކްއިން ދިވެހިންނަށް އާމްދަނީ ލިބޭގޮތް ހެދުމަށް މަޝްވަރާކުރަނީ

Advertisement

އެންމެ ފަސް

Advertisement

ޓިކްޓޮކްއިން ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތްތައް ހޯދަން ޓިކްޓޮކްގެ ސަރަހައްދީ އޮފީސްތަކާއި މަޝްވަރާކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިގޮތަށް ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ މިހާރުގެ ވެރިކަމުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ކްރިއޭޓަރ އިކޮނޮމީއެއް އާލާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތައް ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވަނީ ރާއްޖޭގައި ގިނަ އަދަދެއްގެ ކޮންޓެންޓް ޕްރޮޑިއުސަރުން ތިބުމާއި އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އާމްދަނީ ހޯދުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފަ އެވެ. އަދި މިހާރުގެ ނިޒާމުގައި ފައިސާ ދެއްކުމަށް ފަސޭހަ ގޮތްތަކެއް ނެތުމުން ކޮންޓެންޓް ފައިސާ ހޯދުމުގެ ގާބިލްކަމަށް ހުރަސްއެޅޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޗައިނާ ސަރުކާރުގެ އެއްބާރުލުމާއެކު، ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރުން އެންމެ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ބޭންކުތަކާ ގުޅިގެން ސަރަހައްދީ އޮފީސްތަކާ މަޝްވަރާތައް ފެށުމުން ސަރުކާރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ސައީދު މައުލޫމާތު ދެއްވި އެވެ.

”ޓިކް ޓޮކް މަނިޓައިޒްކޮށް ޓިކްޓޮކްއިން ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތް ހޯދުމަށްޓަކައި ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި އަޅުގަނޑުމެން ވާހަކަދައްކަން ފަށައިފިން. ދެން އެކަން ކުރާއިރު އަޅުގަނޑުމެން ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިގެން މަސައްކަތްތަކެއް މި ކުރަނީ. ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބެމުންއެބަދޭ“

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ