ހިތަދޫއިން ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ އައްޑޫ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓުން ފަށައިފި އެވެ.
ހިތަދޫއިން ގޯތިދިނުމަށް 3 ސަރަޙައްދަކުން މިހާތަނަށް 250000 އަކަފޫޓް ސާފުކުރެވިފައި ވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސަރަހައްދު ސާފުކުރެވިފައި ވަނީ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުންނާއި، ހިތަދޫ ފުލެޓް ސަރަޙައްދުންނާއި އަދި ހިތަދޫ އޭ.އީ.އެޗް ހޮސްޕިޓަލް ސަރަހައްދުންނެވެ. މި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް އައްޑޫ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓާއި ރަސްމީކޮށް ހަވާލުކުރެވިފައި ވަނީ މެއި 2024 ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް ކުރެވޭ މި ބާވަތުގެ މަސައްކަތްތަކުގައި އެ ވުޒާރާގެ އައްޑޫ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަން އައްޑޫ ރައްޔިތުން ބަލައިގަންނަ ކަން އެ ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް