ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ މާ ކުރީގެ ނިޒާމެއްގެ ކޮޕީއެއް: ހަސަން ޒަރީރު

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ މާ ކުރީގެ މޮޑެލްއެއްގެ ކޮޕީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ޒަރީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހަޅުއްވާފައިވާ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަރީރު ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގަ މާ ކުރީގެ މޮޑެލަކަށް ބައްޓަން ކުރެވިގެން ދިޔަ ނިޒާމެއް ކަމަށާއި ލާމަރުކަޒީ ގާނޫނުތަކުގައިވެސް މައްސަލަތަކެއް ހުރިކަން މިއަދު އެނގޭކަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރެސީ ތައާރަފް ކުރީވެސް އޭރު ޑިމޮކްރެސީގެ ބޮޑެތި ގައުމުތަކުގެ މާ ކުރީގެ ގާނޫނުތަކަކަށް ބަލައިގެންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ރަނގަޅު ނިޒާމެއްގެ ތެރެއަށް ބައްޓަންކޮށް ތަރުތީބު ކުރުމަށްޓަަކައި އުފެއްދުންތެރި، ރައްޔިތުންނަށް ހަގީގީ މާނައިގައި ހިދުމަތް ދެވޭނެ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ޒަމީރު ވަނީ ތާއިދު ކުރައްވާފަ އެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ބަހުސް ކުރެވެމުންދާ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިހާރަށް ވުރެ ފުރިހަމަ ކުރުމަށް ކޮމިޓީ މަރުހަލާގައި މައްސަކަތް ކުރަން ޖެހޭކަން ޒަރީރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ދާއިރާގެ ތަޖުރިބާ ހުރި މީހުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްގެން އެ މީހުންގެ މަޝްވަރާ އާއި ވިސްނުމާ އެއްކޮށް މި ގާނޫނަކީ މި ގަރުނަށް ފެތޭ ގާނޫނަކަށް ހެދުމަށް މަސައްކަތް ކުރުމަށް ޒަރީރު ވަނީ އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރު ހަސަން ޒަރީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ