އެމްޕޮކްސްއާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކަށް އެެޗްޕީއޭއިން ތައްޔާރު

Advertisement

އެންމެ ފަސް

Advertisement

އެފްރިކާގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ މަންކީޕޮޮޮކްސް (އެމްޕޮކްސް) އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައްޔާރުވަމުންދާ ކަމަށް ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ އެމްޕޮކްސްއަކީ މިހާރު މުޅި ދުނިޔަށް ނުރައްކާވެދާނެ ހާލަތެއްގައި އޮތް ބައްޔެއް ކަމަށް ކަނޑައަޅާފަ އެވެ.

އެޗްޕީއޭ އިން ބުނީ އެމްޕޮކްސްއަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައެޅުމާއި ގުޅިގެން ރިސްކް އެސެސްމެންޓެއް ހަދަމުންދާ ކަމަށެވެ. އަދި ބައްޔާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ދަނެގަނެ، އެ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.

ޑަބްލިޔުއެޗްއޯއިން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ދުނިޔޭގެ އެކި ކަންކޮަޅުތަކުގައި ތިބި އެޖަމިއްޔާގެ މަސައްކަތްތެރިން މިހާރު އެމްޕޮކްސް ފެތުރުން ހުއްޓުވުމަށްޓަކައި އަވަސް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފަ އެވެ. އަދި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.

”ޖިންސީ ގުޅުމުގެ ޒަރީޔާއިންވެސް ފެތުރޭ މަންކީ ޕޮކްސްގެ ވޭރިއޭޝަނެއް ދައުރު އެބަވޭ. މީގެ ކުރިން އެފްރިކާގައި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިނުވާތީ 2022 ގައި މުޅި އެފްރިކާ ބައްރަށް އެކަމުގެ އަސަރުކޮށްފަވޭ“

އެފްރިކާގެ އިތުރުން މި ބަލި މީގެ ކުރިން ނުފެންނަ ގައުމުތަކުންވެސް އޭގެ ފަހުން ފެނުނު ކަމަށް ޑަބްލިޔުއެޗްއޯއިން ބުންޏެވެ. އޭރުގެ ޕަބްލިކް ހެލްތް އިމަޖެންސީގެ ހާލަތު އުވާލާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. މެއި މަހުގައި އެމްޕޮކްސް ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. ނަމަވެސް، މިހާރު އަނެއްކާ މި ބަލީގެ ވޭދަނަތައް ދަނީ ހަލުވިކަމާއެކު ކޮންގޯއާއި އެފްރިކާގެ އެހެން ގައުމުތަކުގައި ފެތުރެމުން ނެވެ.

ޑަބްލިޔުއެޗްއޯއިން ޕަބްލިކް ހެލްތް އިމަޖެންސީ އިއުލާންކުރާނީ މުޅި ދުނިޔެއަށް ސިއްހީ ނުރައްކަލެއް ކުރިމަތިވުމުން ނެވެ.

މަންކީ ޕޮކްސްގެ އަލާމާތްތަކަކީ ލިމްފް ނޯޑްސް ދުޅަކޮށް، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހިި ނެގުމެވެ. މި ބަލި ޖެހޭ ބައެއް މީހުން މަރުވުން އެކަށީގެންވެ އެވެ. އަދި މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބަލިއެކެވެ. މިއީ ގައިންގަޔަށް އަރާ ބަލިއެކެވެ.

މި އަހަރުގެ މިހާތަނަށް އެފްރިކާ ބައްރުގައި 15،000 އަށް ވުރެ ގިނަ އެމްޕޮކްސް ކޭސް ފެނިފައިވާއިރު މި ބަލީގައި 461 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. މި ވައިރަސްގެ އެހެން ބާވަތެއް 2022 ވަނަ އަހަރު ފެނި، 100 އަށް ވުރެ ގިނަ ގައުމުތަކަށް ބަލި ފެތުރިފައިވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެމްޕޮކްސް ޑަބްލިއުއެޗްއޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ