މާފުށި، ހާޓް އޮފް މޯލްޑިވްސް އިފްތިތާހު ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

”ހާޓް އޮފް މޯލްޑިވްސް“ ގެ ގޮތުގައި މާފުށި ބްރޭންޑްކޮށް އިފްތިތާހުކޮށްފި އެވެ.

މާފުށި ”ހާޓް އޮފް މޯލްޑިވްސް“ގެ ގޮތުގައި ބްރޭންޑް އިފްތިތާހުކޮށްފައިވަނީ ރޭ މާފުށީގައި ކުލަ ގަދަކޮށް ކުރިއަށް ގެންދިޔަ ހަފްލާގަ އެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މާފުށި، ހާޓް އޮފް މޯލްޑިވްސް އިފްތިތާހުކޮށްދެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ނަޝީދެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މާފުއްޓަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި އެއް ރަށް ކަމަށެވެ. އަދި މިހާރު މާފުށި އޮތް ހިސާބުން މިވަގުތު ކުރަން ޖެހޭނީ މާފުށީގެ ތަރައްގީއަށް ފަހި ކުރަން ބޭނުންވާ މައުލޫމާތުތައް އެއް ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

”އަޅުގަނޑުމެން މިއަދު ކުރާން ޖެހޭ އެއް މަސައްކަތަކީ މި މާފުށީގެ ހިސާބު ވަކިން އިނގުން. މާފުށީ ޖީޑީޕީ އަކީ ކޮބާތޯ، މާފުށީ ޖީޑީޕީ ގްރޯތް، ނުވަތަ އުފެއްދުންތެރިކަން ކުރި އަރަމުން އަންނަ މިންވަރަކީ ކޮބާތޯ. މާފުށީގައި މަހަކަށް ކިތައް އިތުރު ވަޒީފާ އެބަ އުފެދޭތޯ. ކުރިއަށް އޮތް ތަނުގައި ވަޒީފާތައް ބޭނުންވެގެންދާނީ ކިހާ މިންވަރަކަށް ތޯ. މިހެން ގޮސް މިބާވަތުގެ ތަރައްގީއަށް ފަހިވާ ސްޓްރެޓެޖީތައް ނުވަތަ ސިޔާސަތުތައް ކަނޑައެޅުމަށްޓަކާ އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ މައުލޫމާތު“ ނަޝީދު ވިދާޅުވި އެވެ.

މި ހަފްލާގައި އެ ރަށުގެ ކައުންސިލް ރައީސް ހަސަން ސޮލާހު ވަނީ މާފުށި ބްރޭންޑް ތައްޔާރު ކުރި ގޮތަށް އަލި އަޅުއްވާލައްވައި ވާހަކަދައްކަވާފަ އެވެ. ސޮލާހު ވިދާޅުވީ މާފުށީ ބްރޭންޑެއް ހަދައި ލޯންޗު ކުރުމަށް ނިންމީ މާފުށި އަކީ ވަކި ޑެސްޓިނޭޝަން އެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ކަމަށެވެ.

ބްރޭންޑް ހެދުމުގައި އެންމެ އިސްކަމެއް ދީފައިވަނީ އެ ރަށުގައި ހުރި އެއްޗެހީގެ ވާހަކަ ކިޔައި ދިނުމަށްކަން ސޮލާހު ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ ލޯކަލް ޓޫރިޒަމް ރާއްޖޭގައި ތައާރަފުވީ ސަހްސެއްގެ ގޮތުގައި މިއަދު ގިނަ ބައެއްގެ ހިތަށް ސިފަވާނީ ”މާފުށި“ ކަމަށް ވިދާޅުވި އެވެ. އަދި ހާޓް އޮފް މޯލްޑިވްސް ނުވަތަ ރާއްޖޭގެ ހިތުގެ ގޮތުގައި ބްރޭންޑް ކުރި ސަބަބަކީ މިއީ ކަމަށް ވެސް ސޮލާހު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ކ. މާފުށި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ