މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން: މިނިސްޓަރު ޝިޔާމް

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ރ. ދުވާފަރަށް ވަޑައިގެންފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ މިއަދު ދުވާފަރުގައި މަސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި މަސްވެރިން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް މުއިއްޒު އަދި މިނިސްޓަރު ޝިޔާމްއާ ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ހުންނަ ކަންބޮޑުވުންތައް މިނިސްޓްރީއަށް އަދި މިފްކޯއަށް ލިބޭ ކަމަށެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަކީ ޖާއިޒު ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަކީވެސް ގަބޫލުކުރެވޭ ކަންބޮޑުވުންތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޝިޔާމް ވިދާޅުވި އެކަންކަމަށްވެސް ވީމިންވަރަކުން ސަރުކާރުން އެޓެންޑް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސަރުކާރުގައި ރައީސް މުއިއްޒުގެ މެނިފެސްޓޯގައި މަސްވެރިކަމުގެ ދާއިރާއާ ގުޅިގެންހުރި ކަންކަން ވީހާވެސް ބޮޑަށް ހާސިލުކުރެވޭތޯ މަސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ޝިޔާމް ވަނީ މިހާރަށްވުރެވެސް މަސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރ. ދުވާފަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިންގެ ދުވަސް މިނިސްޓަރު އަހްމަދު ޝިޔާމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ