ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި، އެ މީހުންގެ ނާޖައިޒު ފައިދާ ނަގާ މީހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ ގާނޫނާ އެއްގޮތަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުމާއި، އެ މީހުންގެ ފައިދާ ނެގުން ފުލުހުން ބަލައި ނުގަންނާނެ ކަމަށެވެ.
ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ އެ މީހުންގެ ނާޖައިޒު ފައިދާ ނަގާ މީހުން ހޯދައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީން ކަން ވެސް ނަވީން ދެއްވާފައިވެ އެވެ.
ނަވީން މިފަދައިން ވިދާޅުވެފައިވާއިރު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ގޮތުން އިމިގްރޭޝަން އަދި ފުލުހުން އަންނަނީ ކަމާބެހޭ އިދާރާތަކާއި ގުޅިގެން އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އަދި މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނުގަވައިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހާއްސަ އޮޕަރޭޝަނެއް ހިންގަން ނިންމާފައިވާ ކަން އިއުލާނު ކުރައްވާފަ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތް