ތިމާވެށި ހިމާޔަތްކުރުމަށް އަމާޒުކޮށް، އެލައިޑްގެ ގިނަ ހަރަކާތްތަކެއް މެރިން އެކްސްޕޯގައި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މެރިން އެކްސްޕޯ 2025ގެ މެރިން އިންޝުއަރަންސް ޕާޓްނަރ، އެލައިޑް އިންޝުއަރަންސްއިން މިއަހަރުގެ މެރިން އެކްސްޕޯގައި ތިމާވެށި ހިމާޔަތްކުރުމަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެކަން ހާމަކޮށްފި އެވެ.

އެލައިޑްގެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ މެރިން އެކްސްޕޯގައި ފީޗަރކުރުމަށް ހަމަޖެހިފައިވަނީ ޕްލާސްޓިކާއި އެހެނިހެން ރީކްލެއިމްޑް ތަކެތިން ތައްޔާރުކޮށްފައިވާ ސްކަލްޕްޗަރއެކެވެ. މި ސްކަލްޕްޗަރއަކީ ”ރިޑިއުސިންގ ޕްލާސްޓިކް ވޭސްޓް، ޕްރޮމޯޓިންގ އޯޝަން ކޮންޒަރވޭޝަން“ މިޝިއާރުގެ ދަށުން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

މި ސްކަލްޕްޗަރ ތައްޔާރުކޮށްފައިވަނީ އެލައިޑް އިންޝުއަރަންސްގެ 40ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކ.ހިންމަފުށީގައި ބޭއްވި ”ޑައިވް 40“ އިވެންޓުގެ ތެރެއިން ނެގުނު ކުނިން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި މަސައްކަތް ކޮށްފައިވަނީ އެލައިޑް އިންޝުއަރަންސާއި ރާއްޖޭގެ ހުނަރުވެރި އާޓިސްޓުންނާއި ޓޮކްސީ-ކްރޫ ގުޅިގެންނެވެ.

މީގެ އިތުރުން، މެރިން އެކްސްޕޯގައި ރިސައިކްލިންއަށް ހޭލުންތެރިކުރުމަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެލައިޑުން ބުނެފައިވެއެވެ.

އަދި މެރިން އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު އެލައިޑުން ވަނީ ހުޅުވާލާފައެވެ. އެގޮތުން، ކަނޑުމަތީގެ އުޅަނދުތަކަށް ހާއްސަ ހަލް އިންޝުއަރަންސް ޕްލޭނެއް 40% ލައިފްޓައިމް ޑިސްކައުންޓަކާއެކު ލިބުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، ރީކްލެއިމްޑް ވޭލްގެ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއަރކުރާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކަށް އެއް އަހަރު ދުވަހުގެ ވޯލްޑްވައިޑް ޓްރެވަލް ޕްލޭނެއް ލިބޭނެ ކަމަށްވެސް އެލައިޑުން ބުނެފައިވެއެވެ.

މި ހުރިހާ ހަރަކާތްތަކެއްގެ މައިގަނޑު މަޤްޞަދަކީ ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުން ކަމަށް އެލައިޑުން ބުނެފައިވެއެވެ.

އެލައިޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ