ކ. މާފުށީގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ މާފުށީގައި މިރޭ ހަވާ އަރުވާނީ ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކަމަށެވެ.
އެމްއެންޑީއެފްއިން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މާފުށީގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގަ އެވެ. މިއީ ޕްރައިވެޓް އިވެންޓަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށް ދާނީ ޖުމްލަ 3 މިނެޓަށެވެ.
ސިފްކޯއިން އަންނަނީ ވިޔަފާރި އުސޫލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަވާ އެރުވުމުގެ ހިދުމަތް ދެމުންނެވެ.



