މަސްވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރުމުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އިނާމު، 32 ފަރާތަކަށް ދީފި އެވެ.
މި އިނާމުތައް ދީފައިވަނީ ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި އިނާމުތައް ދިނީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށެވެ.
މި ޖަލްސާގައި 2023 ވަނަ އަހަރުގެ އިނާމު 18 ފަރާތަކަށް ދިންއިރު، 2024 ވަނަ އަހަރުގެ އިނާމު 14 ފަރާތަކަށް ދީފައިވެ އެވެ.

2023 ވަނަ އަހަރު ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅަކީ ގއ. ވިލިނގިލީ ރޭނިސް، ޝަމްއޫނު މުހައްމަދެވެ. އަދި އެ އަހަރުގެ އެންމެ ހިދުމަތްތެރި ފަރު މަސްވެރިޔާ އަކީ ފ. ބިލެތްދޫ، ސަންޓާނާ، ޞަފައިރު ލުތުފީ އެވެ. އެންމެ ގިނައިން ކަޅުބިލަ މަސް ކިރާފައިވަނީ ގދ. މަޑަވެލި ޓީ.އެސް. ލައިން އިންނެވެ. އަދި އެންމެ ގިނައިން ކަޅުބިލަ މަސް ގަނެފައިވަނީ މިފްކޯ އިންނެވެ.

2024 ވަނަ އަހަރު ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅަކީ ގއ. ދެއްވަދޫ، ފެންފިޔާޒުގެ، މުހައްމަދު އަނީސް އެވެ. ފާހަގަކޮށްލެވޭ ހިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅަކީ ރ. ދުވާފަރު، ހެޕީލައިފް، މުހައްމަދު އަފްރާހު އެވެ. އެންމެ ހިދުމަތްތެރި ފަރު މަސްވެރިޔާ އަކީ އދ. މަހިބަދޫ، ޕެރިސް، އާދަމް ހަސަން އެވެ. އެންމެ ގިނައިން ކަޅު ބިލަ މަސް ކިތާފައިވަނީ ސ. ހިތަދޫ، މަހާ ވިދުވަރު ދޯނިންނެވެ. އަދި އެންމެ ގިނައިން ކަޅު ބިލަ މަސް ގަނެފައިވަނީ މިފްކޯ އިންނެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ރ. ދުވާފަރުގަ އެވެ.
މަސްވެރިންގެ ދުވަސް މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް



