މާލޭގައި ގެއެއް މަރާމާތު ކުރަން ކޮންނަނިކޮށް ޖެހިގެން ހުރި ގެ ގަނބައިގެންފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މ. ނަސީމީހިނގުމުގައި ގެެެއެއް މާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.
އެ ގެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ޖެހިގެން ހުރި ގެ އަޑިއަށްދާތީ އެކަން މާލެސިޓީ ކައުންސިލްގެ ސަމާލުކަމަށް އައުމުން މޭޔަރު އާދަމް އާޒިމް ވަނީ އެ ދެ ގެޔަށްވެސް ޒިޔާރާތް ކުރައްވާފަ އެވެ. އަދި އެ ސަރަހައްދުގެ ހާލަތު މޭޔަރު އާޒިމް ވަނީ ބައްލަވާލައްވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެޔެއް ގަނބައިގެން ގޮސްފައިވަނީ ޖެހިގެން ހުރި ގެ ކޮންނަމުން ދަނިކޮށެވެ.

މާލޭގައި މިގޮތަށް ގޭގެ އިމާރާތް ކުރުމަށް ކޮންނަމުންދަނިކޮށް ޖެހިގެން ހުންނަ ގެތައް ގަނބައިގަންނަ މައްސަލަތައް ދޭތެރެއަކުން ދިމާވެ އެވެ.



