އިޓަލީ ލީގުގައި ރޭ 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށް، ނަޕޯލީ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ނަޕޯލީ އިން ވަނީ ލަނޑު ޖަހައި ކުރިހޯދާފައެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ މެންޗެސްޓާ ޔުނައިޓެޑުން ލޯނު އެއްބަސްވުމެއްގެ ދަށުން ނަޕޯލީއަށް ދޫކޮށްފައިވާ ރަސްމުސް ހޮއިލުންޑް އެވެ.
ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ، ސްކޮޓް މެކްޓޮމިނޭ އަށްވެސް ވަނީ ފުރަތަމަ ހާފުގައި ރަނުގެ ފުރުސަތެއް ލިބިފައެވެ. ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށް މެކްޓޮމިނޭ ބޮލުން ޖެހި ބޯޅަ އަމާޒުވި ގޯލުގެ ދަނޑިއަށެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 59 ވަނަ މިނެޓުގައި ޔުވެންޓަސް އިން ކުރި ކައުންޓަ އެޓޭކެއްގައި ކެނަން ޔިލްޑިޒް ވަނީ ލަނޑު ޖަހައި ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ 78 ވަނަ މިނެޓުގަިއ ނަޕޯލީ މޮޅުވި ލަނޑުވެސް ޖެހީ ހޮއިލުންޑް އެވެ. އެއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ.
މި ނަތީޖާއާއެކު 31 ޕޮއިންޓާއެކު ނަޕޯލީ އެއްވަނައިގައި އޮތް އިރު، 30 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އިންޓަ މިލާން އެވެ. ޔުވެންޓަސް އޮތީ 23 ޕޮއިންޓާއެކު ހަތްވަނައިގައެވެ.



