އިޓަލީ ލީގުގައި މެކްޓޮމިނޭގެ ފުރަތަމަ ލަނޑާއެކު ނަޕޯލީ އަށް މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްކޮޮޓްލެންޑުގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އިޓަލީ ލީގުގައި ނަޕޯލީ އަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު އެ ޓީމުން 3-1 ގެ ނަތީޖާއަކުން ކޯމޯ ބަލިކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ނަޕޯލީ އަށް ސޮއިކުރީ މިދިޔަ އޯގަސްޓު މަހު އެވެ. އޭނާ ނަޕޯލީ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ އިޓަލީ ކަޕުގައި ޕަލާމޯ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 25 ސިކުންތުތެރޭ މެކްޓޮމިނޭ ވަނީ ލަނޑު ޖަހައި، ނަޕޯލީ އަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، ހާފު ނިމެން ދެ މިނެޓަަށް ވެފައިވަނިކޮށް ގަބްރިއަލް ސްޓްރެފެއްޒާ ވަނީ ލަނޑެއް ޖަހައި، ކޯމޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެވަނަ ހާފު ފެށީގެން އަށްވަނަ މިނެޓުގައި ނަޕޯލީ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ މަތިއަސް އޮލިވޭރާ އަށް، ކޯމޯގެ އޭރިއާ ތެރެއިން ސާޖި ރޮބާޓޯ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަކްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ނަޕޯލީ އަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީ ރޮމޭލޫ ލުކާކޫ އެވެ.

ކޯމޯ އިން ލަނޑެއް ޖަހައި، އެއްވަރު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅެއްގައި ނަޕޯލީ އިންވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، އެ ޓީމަށް ލަނޑު ޖަހައިދިނީ ޑޭވިޑް ނެރެސް އެވެ.

މިއާއެކު، ނަޕޯލީ އޮތީ ހަތް މެޗުން 16 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގަ އެވެ. އެއް މެޗު މަދުން ކުޅެ، ޔުވެންޓަސް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ،

ނަޕޯލީ އިޓަލީ ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ