އިންޑިއާގެ ނައިޓްކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 25 މީހުން މަރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ގޯއާގައި ހުންނަ ނައިޓްކްލަބެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 25 މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރު މީޑިއާތަކުންބުނެފައިވަނީ ނައިޓްކްލަބުގައި ހިނގި އަލިފާނުގެ ހާދިސާގައި 25 މީހުން މަރުވިއިރު، އޭގެތެރެއިން ގިނަ މީހުންނަކީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭގައި ފަތުރުވެރިންވެސް ހިމެނޭކަމަސް ރިޕޯޓު ކޮށްފައިވެ އެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ނައިޓްކްލަބުގެ ބަދިގޭގައި ހުރި ގޭސް ފުޅިއެއް ގޮވައިގެން ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ.

ބޭރު މީޑިއާތަކުން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ނައިޓްކްލަބްގެ މެނޭޖަރު ހައްޔަރު ކޮށްފައިވާއިރު، އެތަނުގެ ވެރިޔާ ހައްޔަރު ކުރުމަށް އަމުރެއް ނެރެފައިވާ ކަަމަށެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ މަރުވެފައިވާ ގިނަ މީހުންގެ ހަށިގަނޑު ފެނިފައިވަނީ ނައިޓްކްލަބްގެ ބަދިގެ ހިމެނޭ ސަރަހައްދުން ކަމަށާއި، އެހެންކަމުން މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެތަނުގެ މުވައްޒަފުންކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މީގެތެރެއިން 8 މީހަކީ ކޮން ބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި މި 8 މީހުންނަކީވެސް އިންޑިއާއަށް ނިސްބަތްވާ އަދި އެތަނުގައި މަސައްކަތް ކުރާ މީހުންކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވެ އެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅިގެން ގޯއާގެ ޗީފް މިނިސްޓަރު ވަނީ ހާއްސަ ތަހުގީގެއް ކުރުމަށް އަންގާފަ އެވެ.

ފަތުރުވެރިންގެ މެދުގައި މަޝްހޫރު އިންޑިއާގެ ގޯއާއަށް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުވެސް 5.5 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވެ އެވެ. އޭގެތެރެއިން 270،000 މީހުންނަކީ ބޭރުގެ އެކި ގައުމުތަކުން އައި މީހުންނެވެ.

އަލިފާނުގެ ހާދިސާ އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ