ލ. ގަމުގެ ބޮޑުބަޔަކަށް މިރޭ ކަރަންޓް ދެވޭނެ: ފެނަކަ

Advertisement

Advertisement

އެންމެ ފަސް

Advertisement

ލ. ގަމުގައި ހުންނަ ފެނަކަ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ރަށުން ކަރަންޓް ކެނޑިފައިވާއިރު މިރޭ ރަށުގެ ބޮޑުބަޔަކަށް ކަރަންޓު ދެވޭނެ ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެނަކައިން ބުނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށާއި. އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާކަމަށެވެ. މިހާދިސާއާއި ގުޅިގެން މިހާތަނަށް ވިޝުއަލް އިންސްޕެކްޝަންތަކުން ފާހަގަވެފައިވާ ގޮތުން، ގެއްލުން ވެފައިވަނީ އެ ރަށަށް ކަރަންޓް ދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނައްކަމަށް ފެނަކައިން ބުނެ އެވެ.

މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ފެނަކައިގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކަރަންޓުގެ ހިދުމަތް ކެނޑިފައިވީ ނަމަވެސް، މިހާރު އެރަށަށް ފެނުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ޚާއްސަ ޓީމްތަކުން އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުންދާކަމަށްވެސް ފެނަކައިން ބުނެ އެވެ.

ފެނަކައިން ވަނީ މި ހާދިސާގެ ސަބަބުން ލ. ގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދިފަ އެވެ. އަދި މިފަދަ ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި، އެއްބާލުމަށް ޝުކުރު ދަންނަވާކަމަށް ފެނަކައިން ބުނެ އެވެ.

އަލިފާނުގެ ހާދިސާ ފެނަކަ ލ.ގަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ