ވިލިމާލޭގައި 500 ގަސް އިންދައިފި؛ ހައިވަކަރު ގަސް އެންމެ ގިނަ ރަށަކަށް ވިލިމާލެ

Advertisement

އެންމެ ފަސް

Advertisement

’5 މިލިއަން ގަސް އިންދުމުގެ މަޝްރޫ‘ ގެ ދަށުން، މިއަދު ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފި އެވެ.

މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުންކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެ އެވެ.

މިއަދު ވިލިމާލޭގައި ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން 100 ދިވެހި ރުއް ވަނީ ވިލިމާލޭގެ ތިން ސަރަހައްދެއްގައި އިންދާފަ އެވެ. މީގެ އިތުރުން 100 އަށް ވުރެ ގިނަ ހައިވަކަރު ގަސްވެސް މި ހަރަކާތުގެ ދަށުން ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އިންދާފަ އެވެ. މިގޮތުން، މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެ ކަމަށް މި މަޝްރޫޢާ ގުޅޭ ފަރާތްތަކުން ބުނެ އެވެ. ހައިވަކަރަކީ މިވަގުތު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެކެވެ. މިގޮތަށް މަދުން ފެންނަ ގަސްތައް ގިނަކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ.

މި ހަރަކާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް، މިނިސްޓަރ އޮފް ސްޕޯރޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. ޢަބްދުﷲ ރާފިޢު، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނަޒިމް އިބްރާހިމް އާއި ސަރުކާރުގެ ވަރަށް ގިނަ އިސްވެރިންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި މިނިސްޓްރީތަކުގެ އިސްވެރިން ގަސް އިންދަވާދެއްވާފައިވެ އެވެ.

’5 މިލިއަން ގަސް އިންދުމުގެ މަޝްރޫ‘ އަކީ ރާއްޖޭގެ ރީތިކަން ދިރުވައި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫއަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ މަޝްރޫ އެކެވެ. މި މަޝްރޫ ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިލިމާލެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓަރ ޠާރިޤު އިބްރާހީމް ފަސް މިލިއަން ގަސް އިންދުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ