މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގައި މަސައްކައްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް، ޝަރަފުވެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ’ޑީސެންޓް ވާރިކް ކަންޓްރީ ޕްރޮގްރާމް‘ (ޑީޑަބްލިއުސީޕީ) 2025-2031 ތަންފީޒުކުރުމާ ގުޅޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެވުނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް އާއި، މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތައް އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ (އައިއެލްއޯ) އާ ދެމެދު އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަބުރުވެރި މަސައްކަތުގެ ޕްރޮގްރާމްތައް ކުރިއެރުވުމާއި، މަސައްކަތްތެރިންގެ ހައްޤުތަކަށް އިސްކަންދީ، އިންސާފުވެރި އަދި އެއްވެސް ތަފާތުކުރުމެއް ނެތް މަސައްކަތުގެ މާހައުލެއް ބިނާކުރުމެވެ.

އެމްއޯޔޫގައި ސޮއިކުރުމާއެކު، މި އެއްބަސްވުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވަނީ ދިވެހިރާއްޖެއަށް ޚާއްޞަކުރެވިފައިވާ ޑީސެންޓް ވާރިކް ކަންޓްރީ ޕްރޮގްރާމް 2025-2031 ތަންފީޛުކުރުމުގައި އެއްބާރުލުން ދިނުމަށް އިޤްރާރުވެފަ އެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ލޭބަރ މާކެޓްގެ ހުރިހާ ދާއިރާއަކަށް އޭގެ ފައިދާ ލިބިގެންދާނެ އެވެ.

ޑީޑަބްލިއުސީޕީގެ މައިގަނޑު ތިން ދާއިރާ

ޑީޑަބްލިއުސީޕީގެ ދަށުން އިސްކަންދޭ މުހިންމު ތިން ދާއިރާއެއް ކަނޑައަޅާފައިވެއެވެ. އެއީ:

  • ހުރިހާ އެންމެންނަށް ހިއްސާކުރެވޭ ތަނަވަސްކަމާއި ޝާމިލުކުރުވަނިވި އިންސާނީ ތަރައްޤީ ކުރިއެރުވުން.
  • ބައިނަލްއަޤްވާމީ ލޭބަރ ސްޓޭންޑަރޑްތައް ތަސްދީގުކުރުން އިތުރުކުރުމާއި، މިންތިއާއި ގިންތީގެ ހަމަހަމަ ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތަކުގެ ތެރެއިން އެކަންކަން ތަންފީޒުކުރުން.
  • ޖެންޑަރ ރެސްޕޮންސިވް ޓްރައިޕާޓިޒަމް އަދި އިޖްތިމާޢީ މަޝްވަރާގެ ނިޒާމުތަކާއި، އިޖުރާއަތްތަކާއި، ޤާބިލިއްޔަތައް ހަރުދަނާކުރުން.

މި އެއްބަސްވުމުގެ ސަބަބުން ދިވެވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތުގެ މިންގަނޑުތަކަށް ރާއްޖެ ތަބާވުމަށް މަގުފަހިވެ، މަސައްކަތްތެރިންނަށް ރައްކާތެރިކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް މި ޕްރޮގްރާމް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭކަމަށް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް މިނިސްޓްރީން ބުނެ އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ