ވީއައިއޭގައި އީގޭޓް ހަރުކޮށް އަންނަ އަހަރުގެ ކުރިން ބޭނުން ކުރަން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް ހަރުކޮށް ޖެނުއަރީ 1، 2026 ގެ ކުރިން ބޭނުން ކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ވީއައިއޭ  ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އެ އެއަރޕޯރޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން ކަމަށެވެ.

މި އީގޭޓްތަކުގެ އެންމެ ބޮޑު ޚާއްސަ ކަމަކީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ބޯޑަރ ހުރަސްކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ. ރައީސް ވިދާޅުވި ގޮތުގައި، އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ މި ޒަމާނީ ފީޗަރ ބޭނުންކޮށްގެންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ވީއައިއޭގެ އާ ޓާމިނަލުގައި މި ޚިދުމަތް ދޭން ފަށާނީ ޖެނުއަރީ 1، 2026 ގެ ކުރިންނެވެ. އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކުރެވޭނެ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައިވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމު ޒަމާނީކޮށް، ދުނިޔޭގެ ފެންވަރަށް އެ ނިޒާމު ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ބައެއްކަމަށާއި މި މަސައްކަތުގެ ސަބަބުން އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަލުވިވެ، ދަތުރުވެރިންގެ ތަޖުރިބާ ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ