ގައުމީ އެއަރލައިން މޯލްޑިވިއަނުން ށ. ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
މޯލްޑިވިއަށް އިން އެކްގައިކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މާލެއިން ށ. ފުނަދޫއަށް ކުރާ ދަތުރުތަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން، މިއަދުން ފެށިގެން ފުނަދޫ އެއަރޕޯޓަށް މޯލްޑިވިއަނުން ހަފްތާއަކު 4 ދަތުރު ކުރުމަށް ވަނީ ނިންމާފަ އެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ، ކޮންމެ ހަފްތާއެއްގެވެސް، އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
މޯލްޑިވިއަނުން މިހާރު ފުނަދޫ އެއަރޕޯޓަށް ކުރަނީ، ހަފްތާއަކު 3 ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
ފުނަދޫ އެއަރޕޯޓުގެ ހިދުމަތް ފެށީ، 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. މި އެއަރޕޯޓަކީ މޫދުން 40 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރި އެއަރޕޯޓެކެވެ.
