އަމިއްލަ ބޯހިޔާވެހިކަމެއް އެއްވެސް މިންވަރަކަށް ލިބިފައިނުވާ ރައްޔިތުންނަށް އިސްކަން ލިބޭގޮތަށް، ދެމަފަރިންގެ ތެރެއިން އެކަކަށް ސަރުކާރުގެ އެއްވެސް ސްކީމަކުން ލެޓެއް ލިބިފައިވާނަމަ، އައު ސްކީމްތަކުން ފްލެޓް ހޯދަން ހުށަނޭޅޭނެގޮތަށް މި ސަރުކާރުގެ އައު ބޯހިޔާވެހިކަމުގެ ސްކީމުގައި ހިމަނައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުކަމަށްވާ ’ބޯހިޔާވަހިކަން އެންމެންނަށް‘ މިރޭ ވަނީ އިފްތިތާހުކޮށްފަ އެވެ. މި ސިޔާސަތު އިފްތިތާހުކޮށްދެއްވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު އެވެ.
މި ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި އުސޫލުތަކުގެ މައިގަނޑު މަގްސަދަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އިސްކަން ދިނުމެވެ.
ފްލެޓަށް އެދޭ މީހުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް:
-
ދިވެއްސަކަށްވުން އަދި ޢުމުރުން 18 އަހަރު ފުރިފައިވުން.
-
ބިމެއް/ގޯއްޗެއް މިލްކުވެފައި ނެތުން:
-
400 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ގޯއްޗެއް ނުވަތަ ގެއެއް މިލްކުވެފައި ނުވުން.
-
ރިއަލް އެސްޓޭޓް މާކެޓުން ފްލެޓެއް ގަނެފައި ނުވުން، އަދި ގަންނަން އެއްބަސްވެ ފައިސާ ދައްކަމުން ނުދިއުން.
-
-
ތިމާއަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ސަރުކާރުގެ ކުރީގެ ސްކީމަކުން ބޯހިޔާވަހިކަމެއް ލިބިފައި ނުވުން.
ފްލެޓަށް ހުށަހެޅޭ ދެ ކެޓަގަރީ
ސަރުކާރުން ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ ދެ މައިގަނޑު ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް ކަނޑައަޅާފައިވާ ކެޓަގަރީއެވެ.
-
މާލޭ ރަށްވެހިން:
-
އުފަންވީއްސުރެ މާލޭގައި ރަޖިސްޓްރީ ޖެހިފައިވާ ފަރާތްތައް.
-
ނުވަތަ މާލޭގެ ރަޖިސްޓްރީ ގެއެއްގައި ޖެހިފައިވާ ފަރާތްތައް.
-
-
މާލޭގައި ދިރިއުޅޭ އެހެން ރަށު މީހުން:
-
މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ ފަރާތްތައް.
-
ފްލެޓް ދޫކުރުމުގެ ފުރަތަމަ މޮޑެލްއަކީ ”އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް“އެވެ. މި މޮޑެލްގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއަކަށް ޝަރުފު ހަމަވާ ފަރާތަކަށްވުމާއި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ ފަރާތަކަށްވުން ހިމެނެއެ ވެ. ދެވަނަ މޮޑެލްއަކީ ރެންތް-ޓު-އޯން މޮޑެލް އެވެ. މި ސްކީމަށް ކުރިމަތިލާ މީހުންގެ މަހަކު ލިބޭ އާމްދަނީ 60،000 ރުފިޔާއަށްވުރެ މަތިވެގެން ނުވާނެ އެވެ.
ޕޮއިންޓް ދިނުމުގެ އުސޫލު
މިނިސްޓްރީން ވަނީ ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދިނުމުގެ އުސޫލުވެސް ޢާއްމުކޮށްފަ އެވެ. އެގޮތުން މިނިސްޓްރީން ބުނީ ޕޮއިންޓް ދިނުމުގެ އުސޫލު އެކުލަވާލާފައިވަނީ، ދިރިއުޅުމުގެ ޙާލަތު ވީހާވެސް ތަފްސީލްކޮށް ދެނެގަނެވޭނެ އުސޫލަކަށް ކަމަށެވެ. ޕޮއިންޓް ދޭނީ ވީހާ ވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ގޮތަކަށްކަމަށް މިނިސްޓްރީން ބުނެ އެވެ.
ޕޮއިންޓް ދިނުމުގައި ބަލާނެ ކަންކަން:
-
ދިރިއުޅުނު މުއްދަތު: މާލޭގައި ދިރިއުޅުނު ނުވަތަ ރަށްވެހިކަން.
-
ގެދޮރު މިލްކުވެރިކަން: ޢާއިލާގެ ނަމުގައި ގޯތިގެދޮރު މިލްކުވުމުގެ މިންވަރު.
-
ޢާއިލީ އާމްދަނީ: ގޭބިސީއަށް ލިބޭ ޖުމްލަ އާމްދަނީ.
-
ޚާއްޞަ ޙާލަތް: ނުކުޅެދޭ ފަރާތްތަކާއި މައިންބަފައިން ބެލުމުގެ ދަށުގައިވުން.
-
ޢާއިލާގެ ޙާލަތު: ޢާއިލާގެ ބޮޑުމިނާއި އެހެނިހެން ޙާލަތުތައް.
އާއިލާގެ ހާލަތު ބެލުމުގައި ދަރިންގެ އަދަދާއި ސިއްހީ ސަބަބުތަކާ ހެދި ދަރިން ނުލިބޭ ނަމަ އެކަމަށް ވެސް ބަލާނެ އެވެ.
ބޯހިޔާވަހިކަން ބޯހިޔާވަހިކަން އެންމެންނަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
