އދ. ދަނގެތީ ސިއްހީ މަރުކަޒަށް އިތުރު ކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިސްމާއިލް ޝަރީފެވެ.
އެމްޓީސީސީއިން ބުނީ، 1،260 މީހުންގެ އަބާދީ އެއް އޮންނަ ދަނގެތީގެ ރައްޔިތުންނަށްޓަކައި ފެށިގެންދާ އެ މަޝްރޫއުގެ މަސައްކަތް ފުރިހަމަވުމާއެކު، ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ސިއްހީ ފަރުވާގެ ހިދުމަތްތައް ފުޅާވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އަދި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ އިޖްތިމާއީ ގޮތުން ރަށަށް ކުރިއެރުން ތަކެއް އަންނާނެ ކަމަށް އެ ކުންފުނިން ގަބޫލޫ ކުރާ ކަމަށެވެ.
އެގޮތުން، ދަނގެތީ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 5،000 އަކަ ފޫޓުގެ ސަރައްދެއްގައި ތިން ބުރީގެ އިމާރާތެއް ބިނާކުރުމަށް 34.96 މިލިއަން ރުފިޔާއަށް 420 ދުވަސް ތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މިނިސްޓްރީ އޮފް ހެލްތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)
