ބޮޑުފޮޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ކޮންސެޕްޓް ޕްލޭން އެކުލަވާލުން: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

އއ. ބޮޑުފޮޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މިހާރު ކުރިއަށްދާ މަސައްކަތަކީ ކޮންސެޕްޓް ޕްލޭން އެކުލަވާލުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، މިނިސްޓަރަށް ލިޔުމުން ޖަވާބު ހޯދުމަށް އެދި ފޮނުއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

މެންބަރު މުހައްމަދު ކުރެއްވި ސުވާލަކީ ބޮޑު ފޮޅުދޫ ރައްޔިތުން އެދިފައިވާ ގޮތަށް އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެއްޓޭވަރުވާނީ ކޮންދުވަހަކުންތޯ އަދި އެ މަސައްކަތް ނިންމޭ ވަރު ވާނީ ކޮންދުވަހަކުންތޯ އެވެ. މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ރަށު ކައުންސިލްގެ މަޝްވަރާއާއެކު ކޮންސެޕްޓް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ކޮންސެޕްޓް ފައިނަލް ކުރެވި، މިއަހަރު ނޮވެންބަރު މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މަޝްރޫއުގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، މަސައްކަތްތައް ނިންމުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފޮޅުދޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށް ވެފައި، މިހާރު އޮތް ބަނދަރަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ފެންވަރުގެ ބަނދަރެއް އެ ރަށަށް ބޭނުންވެ އެވެ.

ރައްޔިތުންގެ މަޖިލިސް އއ. ބޮޑުފޮޅުދޫ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ