ކާށިދޫ ހެލްތު ސެންޓަރުގެ އާ އިމާރާތުގައި އެކްސް-ރޭ، ސްކޭނިން އަދި ކްލިނިކަލްތަކަށް ޖާގަ ހުންނާނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ކ. ކާށިދޫ ހެލްތު ސެންޓަރަށް އިތުރުކުރެވޭ އިމާރާތަކީ އެކި ކަހަލަ ކްލިނިކަލް މަސައްކަތްތަކަށް ޖާގަ ހިމަނައިގެން ކުރިއަށްދާނެ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މުޅިން ވަކިން ދުރުގައި އޮތް ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ގޮތުން ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ގޮތްވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިއަދު ފެށިގެން ދިޔަ އިމާރާތް އެޅިގެން ދިއުމުން ސިއްހީ މުހިންމު ހިދުމަތްތަކެއް ގާއިމްވެފައި ހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި އިމާރާތް ފަރުމާކުރެވިފައިވާނީ އެކްސް-ރޭގެ ހިދުމަތާ، ސްކޭނިން ހިދުމަތް ދެވޭ ގޮތަށެވެ.

”ހަމަ އެއާ އެކީގައި އިތުރު އެނދުތައް ވޯޑަށް އިތުރުކުރެވި ނާސް ސްޓޭޝަން އެކި ކަހަލަ ކްލިނިކަލް މަސައްކަތްތަކަށް ބޭނުންވާ ޖާގަ މިފަދަ ކަންކަން ވެސް މިއަދު ހަދަން ފެށި އިމާރާތުގައި ހިމެނިފައި ވާނެ.“ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިން މިހާރުވެސް މަސައްކަތްކުރައްވަމުން އަންނަނީ އެ ރަށުގެ ފިޒިއޯތެރަޕީގެ ހިދުމަތް ފެށުމަށް ކަމަށާއި، ދާދި އަވަހަށް އެކަން ވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. އެފަދަ މުހިންމު ހިދުމަތްތައް އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސިއްހީ ދާއިރާގެ އިތުރުން ރައީސް ވަނީ ކާށިދޫގެ ތަރައްގީއަށް ހުރި އެހެނިހެން މަސައްކަތްތަކަށް އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން މިއަދު އިންވެސްޓަރުންނަށް ހުޅުވާލައި ސޮއިކުރެވުނު އެއްބަސްވުމަކީ، ހަމަޔަގީނުންވެސް އާމްދަނީ އިތުރުކުރުމަށް އެ ރަށުގެ ރައްޔިތުންނަށް ފުރުސަތު ފަހިވާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަޝްރޫއު ރާއްޖޭގެ ފުޑް ސެކިއުރިޓީ ޕޮލިސީއަށް ވަރަށް ބޮޑު ކޮންޓްރިބިއުޝަނެއް ދޭނެ މަޝްރޫއަކަށް ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ބަނދަރު ހެދުމަކީ އެ ރަށުގެ ތަރައްގީއަށް މުހިންމު އެއް މަޝްރޫއު ކަމަށެވެ. ”އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓުގެ ތެރެއިން އަލަށް ފަށާ އެންމެ މުހިންމު އެއް މަޝްރޫއުއެއްގެ ގޮތުގައި މިރަށަށް އަޅުގަނޑުމެން މި ކަނޑައަޅަނީ ބަނދަރު ހެދުން. އިރާދަކުރެއްވިއްޔާ އެ ބަނދަރު މިއަންނަ އަހަރު ހެދިގެން ދާނެ.“ ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ވެސް އެހެން ބައެއް މަޝްރޫއުތަކަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ކާށިދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ