މި ސަރުކަރަކުން ފައިސާ ޗާޕެއް ނުކުރާނެ: މިނިސްޓަރ ސައީދު

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރުން އިގްތިސާދު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރަމުންދާއިރު، ފައިސާ ޗާޕުކުރުމުގެ އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ޑރ. ޝަމްހީން ސުވާލު ކުރެއްވީ ފައިސާ ޗާޕްކުރުމަށް ސަރުކާރުން އެއްބަސްވޭތޯއާއި، އަދި މީގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރު މިންވަރުކުރެވިފައި ވޭތޯ އެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސައީދު ވަނީ ކުރީގެ ސަރުކާރުގެ މާލީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ސައީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ކުރީގެ އެމްޑީޕީ ސަރުކާރުން 125.2 ބިލިޔަން ރުފިޔާގެ ބޮޑު ދަރަންޏެއް ވާރުތަވެގެން އައި ކަމަށެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ އެ ބޮޑު ދަރަނި އުފެއްދިއިރު، އާމްދަނީ ލިބޭނެ އެއްވެސް މަގެއް ނުވަތަ މަޝްރޫއެއް ކުރީގެ ސަރުކާރުން ހިންގާފައި ނުވާ ކަމަށެވެ.

”އާމްދަނީ އަށް ލިބޭނެ ބައި ސެންޓްވެސް ނެތް، ބައި ރުފިޔާއެއްވެސް ނެތް އާމްދަނީއަށް ލިބޭނެ ކަމެއްކޮށްފަ އެއް، ބައި ރުފިޔާއެއްވެސް ނެތް، ހުސް ރިކަރަންޓް އެކްސްޕެންޑިޗަރ،“ މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައިި ކުރީގެ ސަރުކާރުން ފައިސާ ޗާޕްކުރި ސަބަބުތަކުގެ ތެރޭގައި ކޮވިޑް-19ގެ ހާލަތުގެ ނަން ބޭނުންކުރި ކަމަށެވެ. މިނިސްޓަރ ހިސާބުތަކުގެ މައްޗަށް ބިނާކޮށް ވިދާޅުވީ، ކޮވިޑުގެ ނަމުގައި ޖުމްލަ 8.7 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ކޮވިޑަށް ހަރަދުކޮށްފައިވަނީ 4.2 ބިލިޔަން ރުފިޔާ އެވެ. މި ތަފާތަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ސުވާލުކުރެއްވީ، މިހާ ބޮޑު ތަފާތެއް ހުރި އިރު ފައިސާ ޗާޕްކުރީ ކީއްވެތޯ އެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުން ހަރަދަށް ޒިންމާވުމުގެ ގާނޫނު ތަޅުލައިގެން ފައިސާ ޗާޕްކުރުމުގެ ނަތީޖާއަކީ މިއަދު ދިވެހި ރުފިޔާ ނިކަމެތިވެގެން ދިއުން ކަމަށެވެ. ”އަޅުގަނޑުމެން އޭރުވެސް ދެންނެވިން ހެޔޮނުވާނޭ ގާނޫނު ތަޅުލައިފައި ތިކަން ތިގޮތަށް ނުކުރާށޭ، ހަރަދަށް ޒިންމާވުމުގެ ގާނޫނުގަ ތަޅުލާފަ. މިއަދު އެކްނ ކުރީމަ ނޫންތޯ ދިވެހި ރުފިޔާ ނިކަމެތިވެގެން މިދިޔައީ،“ މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން، މި ސަރުކާރުން އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މިފަދަ ފިޔަވަޅުތަކަށް ނުދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފަ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިމިވަނީ މި ސަރުކާރުން ފައިސާ ޗާޕުކޮށް، ޕެންޝަން އޮފީސް މެދުވެރިކޮށް އިޤްތިސާދުގައި އެ ފައިސާ ދައުރުކުރަން އުޅޭކަމުގެ އަޑުތަކެއް ގަދަވެފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލިސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ