މީޑިއާ ކޮމިޝަންގެ ރައީސްއަކަށް ފަރުސަތު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް މުހައްމަދު ފަރުސަތު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަނު ކުރުމަށް އެ ކޮމިޝަންގައި ހިމެނޭ 7 މެންބަރުންގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ ރިޔާސަތުންނެވެ. ކޮމިޓީން ނިންމީ ފަރުސަތު އެ މަގާމަށް އައްޔަނު ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، މީޑިއާ ކޮމިޝަންގެ ރައީސްގެ މަގާމަށް ފަރުސަތު އައްޔަނުކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ވޯޓުންނެވެ. ފަރުސަތު އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް 9 މެންބަރުން ވޯޓުދެއްވި އެވެ.

ފަރުސަތު ކުރިން ހުންނެވީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގަ އެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މެންބަރުންގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ މުހައްމަދު ފަރުސަތު / ހ. ޓޫހަރޓްސް، ސަފާ ޝަފީގު / ބިއްލޫރިވިލާ، ދ.މީދޫ އަދި އާމިނަތު ސަރާހަތު އިއްޒަތު / ގ. ގޮފި އެވެ.

މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ށ.ފޭދޫ، މޫނިމާގެ / އަބްދުލްއަޒީޒް އިބްރާހީމް އަދި ގދ.ތިނަދޫ، މަލަ / ޒަމްއަތު އަހްމަދު ވަހީދެވެ. އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ / ސިމާހާ ނަސީމް އަދި ހދ. ވައިކަރަދޫ، ހިސާން / ހުސައިން ޘަޤީފެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރެވޭއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ