ހުޅުމާލެ އިންޑަސްޓްރިއަލް ވިލެޖުން 14 ބިދޭސީއަކު އިމިގްރޭޝަނުން އަތުލަަގެންފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމަލޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ 14 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިންގޮތުގައި މި 14 މީހުން އަތުލައިގެންފައިވަނީ އިއްޔެ ހަވީރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ވަނީ އެ ސަރަހައްދުގެ ގަރާޖުތައް ބަލައި ފާސްކޮށްފަ އެވެ.

އެ އިދާރާއިން ބުނީ އެ ސަރަހައްދުގެ ގަރާޖުތައް ބަލައި ފާސްކޮށް، އެ ތަނުގައި އުޅޭ ބިދޭސީން ޗެކު ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 69 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި އޭގެތެރެއިން 14 މީހަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިމިގްރޭޝަނުން ކަމާބެހޭ އިދާރާތަކާއި ގުޅިގެން އޮޕަރޭޝަންތައް ހިންގަމުން އަންނަ އިރު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން އަންނަނީ ބިދޭސީންގެ ބައޯ މެޓްރިކްސް އެއްކުމުގެ ހާއްސަ އޮޕަރޭޝަން އެއް ކަމަށްވާ އޮޕަރޭޝަން ކުރަނގި ހިންގަމުންނެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ