ޕާކިސްތާނު އަސްކަރިއްޔާގެ އިސް ޖެނެރަލެއް ރާއްޖެ ވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

ޕާކިސްތާނު އަސްކަރިއްޔާގެ އެންމެ އިސް ވެރިންގެ ތެރޭގައި ހިމެނޭ، ޗެއާމަން އޮފް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީޖޭސީއެސްސީ) ޖެނެރަލް ސާހިރު ޝަމްޝާދު އަޚުތަރު ރާއްޖެ ވަަޑައިގެންފި އެވެ.

ޖެނެރަލް ސާހިރު ރާއްޖެ ވަޑައިގެން އުޅުއްވާކަން ހާމަކޮށް، ޑިފެންސް މިނިސްޓްރީން ވަނީ އޭނާ މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫންއާ މިއަދު ބައްދަލުކުރެއްވިކަން ހާމަކޮށްފަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ހީވާގިކޮށް، ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ. އަދި ސަރަހައްދުގެ ސަލާމަތާއި، ދިފާޢީ އެއްބާރުލުމުގެ އާ ދޮރުތަކެއް ހުޅުވާލުމަށް ހުރި ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެއިތުރުން އަސްކަރީ ތަމްރީނުތަކާއި، އަދި ދިފާޢީ ކަންކަމުގައި ތަޖުރިބާ ބަދަލުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ އިތުރު ބައެއް އިސް އޮފިސަރުންނާއި، ރާއްޖޭގައި ހުންނަވާ ޕާކިސްތާން ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕާކިސްތާނުގެ އިސް އޮފިޝަލަކު ރާއްޖެ ވަޑައިގެންނެވިއިރު، ޕާކިސްތާނާއި އިންޑިއާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ. އެންމެފަހުން ޕާކިސްތާނުން އަފްޤާނިސްތާނަށް ހަމަލާދިން ސަބަބުތަކުގެ ތެރޭގައިވެސް އިންޑިއާގެ ޕްރޮކްސީންގެ ގޮތުގައި މަސައްކަތްކުރުން ހިމެނެ އެވެ. އެ ހަނގުރާމަ ހުއްޓުވަންވެސް ޖެހުނީ ބައިނަލްއަޤުވާމީ އެހެން ޤައުމުތަކުން މެދުވެރިއެއްގެ ރޯލު އަދާކޮށް، ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދަންށެވެ.

އޭގެއިތުރުން ޕާކިސްތާނަކީ މުސްލިމް ޤައުމުތަކުގެ ތެރެއިން ނިއުކްލިއަރ ހަތިޔާރު ލިބިގެންވާ ހަމައެކަނި ޤައުމު އެވެ. އެ ސަބަބާއި ހުރެ، ސައުދީ ފަދަ ޤައުމުތަކުން އަންނަނީ ޕާކިސްތާނާއެކު އަސްކަރީ ގުޅުންތައް ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ހިމެނިގެން ދެ ޤައުމުން މިފަހުން ވަނީ ވަރުގަދަ އެއްބަސްވުމެއްގަ ސޮއިވެސްކޮށްފަ އެވެ.

ރާއްޖެ - ޕާކިސްތާން މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ