ޕާކިސްތާނުގައި ފެންބޮޑުވެ ގިނ ބަޔަކު މަރުވުން: ރައީސް ވިދާޅުވީ ދިވެހިން ތިބީ ޕާކިސްތާނާއެކު ކަމަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕާކިސްތާނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 321 މީހުން މަރުވެ، އެތައް ބަޔަކަށް ގެއްލުން ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ ވަނީ ޕާކިސްތާނުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުގެ ކާރިސާ އޮތޯރިޓީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މަރުވި މީހުންގެ ތެރެއިން 307 މީހުން މަރުވެފައިވަނީ އުތުރު-ހުޅަނގު ސަރަހައްދުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގައެވެ. އަދި ގިލްގިޓް-ބަލްޓިސްތާނުގައި 5 މީހުންނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި 9 މީހުން މަރުވެފައިވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 15 އަންހެނުންނާއި 13 ކުޑަކުދިން ހިމެނޭއިރު، މަދުވެގެން 23 މީހުންނަށް ވަނީ އަނިޔާވެފައެވެ. ގިނަ މީހުން މަރުވެފައިވަނީ ކުއްލި ފެންބޮޑުވުމާއި ގެތައް ވެއްޓުމުގެ ސަބަބުންނެވެ.

މީގެ އިތުރުން، ފެންބޮޑުވެފައިވާ ސަރަހައްދުގައި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ޕާކިސްތާނު އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓި، އޭގައި ތިބި 5 ފަޅުވެރިން ވެސް ވަނީ މަރުވެފައެވެ. އަލްޖަޒީރާގެ ރިޕޯޓަރު ކަމާލް ހައިދަރު ފާހަގަކުރި ގޮތުގައި، މި ހެލިކޮޕްޓަރު ބޭނުންކުރަމުން ދިޔައީ ވާސިލުވުމަށް އުނދަގޫ ސަރަހައްދުތަކުގައި ތިބި މީހުންނަށް އެހީތެރިވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޕާކިސްތާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ