މީޑިއާ ކޮމިޝަނަށް ކުރިމަތިލި 2 ފަރާތަކުން ނަން އަނބުރާ ގެންގޮސްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަގާމަށް ކުރިމަތިލި 10 ބޭފުޅުންގެ ތެރެއިން 2 ފަރާތަކުން ނަން އަނބުރާ ގެންގޮސްފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރެވޭއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މަޖިލީހުން އައްޔަނުކުރާ މެންބަރުކަމަށް ކުރިމަތިލުމަށްފަހު ނަން އަނބުރާ ގެންގޮސްފައިވަނީ ފާރިސް ތޯހާ އަދި ޝަފީގާ ނައީމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރައްވާފަ އެވެ. އެގޮތުން 8 ބޭފުޅަކާ އިންޓަވިއު ކުރައްވާފައިވެ އެވެ.

މަޖިލީހުން އިންޓަވިއު ކުރެއްވި ބޭފުޅުންނަކީ:

  • އިބްރާހިމް މުހައްމަދު، ގ. ވިންޑް
  • މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
  • ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
  • އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  • މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
  • މޫސާ ރިލްވާން، މ. ހާވިލާ
  • ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
  • ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ

މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން މިހާރު ވަނީ ހޮވިފަ އެވެ. މިގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު ހޮވިފައިވާއިރު، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް ވަނީ ހޮވިފަ އެވެ.

ރައްޔިތުންގެ މަޖިލިސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ