އައްޑޫގަ ނަގާ ވޯޓުގައި މިހާރު ކުރިއަށްދަނީ ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް: އިލެކްޝަންސް

Advertisement

އެންމެ ފަސް

Advertisement

އައްޑޫގައި މިއަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ހިޔާލު ހޯދުމުގެ ވޯޓުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ވޯޓު ކަރުދާސް ޗާޕުކުރުމުގެ މަސައްކަތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

ދައުލަަތުގެ މީޑިއާ، ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވި ގޮތުގައި، ވޯޓާސް ލިސްޓުގެ ފުރަތަމަ ޑްރާފްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލައި، ރީ-ރެޖިސްޓްރޭޝަން ޕްރޮސެސް ވަނީ ނިމިފަ އެވެ. އެގޮތުން ރީ-ރެޖިސްޓްރޭޝަނަށް 255 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 248 މީހެއްގެ ރީ-ރެޖިސްޓްރޭޝަން ވަނީ ނިމިފަ އެވެ.

”ދެން މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ވޯޓު ކަރުދާސް ޗާޕުކުރުމާއި، އަތޮޅަށް ފޮނުވަންޖެހޭ، ވޯޓު ފޮށިތަކުގައި ހުންނަންޖެހޭ ހުރިހާ އެއްޗެއް ހަމަކުރުމުގެ މަސައްކަތް،“ ޒާހިދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިދާރީ ގޮތުން ކުރަންހުރި ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ މެދުގައި ނަގާ ވޯޓެކެވެ. މި ވޯޓު ނެގުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.

މި ވޯޓުގައި ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހި ފައެވެ. އެގޮތުން ފޭދޫގައި 5 ފޮށި، ހުޅުދޫ އާއި މީދޫގައި 3 ފޮށި އަދި މާލޭގައި 7 ވޯޓު ފޮށި ބެހެއްޓޭނެ އެވެ. ވޯޓުލާ ނިމޭތާ 30 މިނިޓް ފަހުން ވޯޓު ގުނަން ފަށާނެ ކަމަށާއި، ރަސްމީ ނަތީޖާ މި މަހުގެ 26 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އައްޑޫ ސިޓީ އިލެކްޝަންސް ކޮމިޝަން (އީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ