އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 12 ބިދޭސީއަކު އިމިގުރޭޝަނުން އަތުލައިގެންފި

Advertisement

އެންމެ ފަސް

Advertisement

އިއްޔެ އިމިގުރޭޝަނުން ހުޅުމާލެ ފޭސް 1 ގައި ހިންގި އޮޕަރޭޝަނެއްގައި ޤާނޫނާ ހިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގުރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޤާނޫނާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، ހުޅުމާލެ ފޭސް 1 ގައި ޓާސްކްފޯސްއިން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގެ ދަށުން ޖުމްލަ 12 ބިދޭސީއަކު އަތުލައިގެންފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މީގެ ތެރޭގައި ހިމެނެނީ:

  • ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހުން
  • ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިއަ 3 މީހުން
  • ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިއަ 4 މީހުން

ފާއިތުވި އަހަރުގެ ތެރޭގައި ވެސް އިމިގްރޭޝަނުން ވަނީ މިފަދަ އެތައް އޮޕަރޭޝަނެއް ހިންގައި، ގާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފަ އެވެ. އަދި މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހިންގާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ