އިޔާދަކުރަނިވި ހަަކަތަ: އިގްތިސާދީ މިނިވަންކަމަށް މަގެއް

Advertisement

އެންމެ ފަސް

Advertisement

މިއަދުގެ ދުނިޔޭގައި ކަރަންޓަކީ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ބޭނުމެވެ. ގެދޮރު އަލިކުރުމުން ފެށިގެން ސިނާއީ މަސައްކަތްތައް ހިންގުމާ ހަމައަށް ކަރަންޓުގެ ބޭނުން ކުރެވެއެވެ. ނަމަވެސް، މިހާރުވެސް އަޅުގަނޑުމެންގެ ގިނަ ކަރަންޓު އުފައްދަނީ ތެޔޮ، ގޭސް އަދި ކޯލް ފަދަ ވަޞީލަތްތަކުންނެވެ. މިއީ ހުސްވެދާނެ އަދި ތިމާވެއްޓަށް ގެއްލުން ލިބޭ ވަޞީލަތްތަކެކެވެ. ނަމަވެސް އޭގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ފަދަ ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކެއްވެސް މިހާރު ބޭނުން ކުރެވެން އެބަ ހުއްޓެވެ.

އިއާދަކުރަނިވި ހަކަތައަކީ އިރުގެ އަލިކަމާއި، ވައި އަދި ފެން ފަދަ ގުދުރަތީ ވަޞީލަތްތަކުން ލިބޭ ހަކަތައެވެ. މިއީ ހުސްނުވާ، އަދި ތަކުރާރުކޮށް ބޭނުންކުރެވޭ ވަޞީލަތްތަކެކެވެ. އާންމު ގޮތެއްގައި ބޭނުންކުރާ ތެލާއި ގޭހާ ޚިލާފަށް، މި ވަޞީލަތްތަކުން ނުރައްކާތެރި ވިހަ ގޭސްތަކެއް ޖައްވަކަށް ބޭރެއް ނުވެ އެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުން ކަރަންޓު ސަލާމަތްކުރުމަށް ވެސް މަގުފަހިވެ އެވެ. ގޭގެއާއި ވިޔަފާރިތަކުން އަމިއްލައަށް ސޯލާ ޕެނަލް ނުވަތަ ވައިން ހަކަތަ އުފެއްދުމުން، މައި ކަރަންޓު ވިއުގައަށް ކުރާ ބުރަ ކުޑަވެ އެވެ. މީގެ ސަބަބުން ކަރަންޓު ބިލު ކުޑަވުމުގެ އިތުރުން، ޤައުމުގެ ހަކަތައިގެ ވަޞީލަތްތަކަށް ކުރާ ބުރަވެސް ކުޑަވެ އެވެ.

އިއާދަކުރަނިވި ހަކަތައަކީ ތިމާވެށި ރައްކާތެރިކުރުމުގައި އެންމެ މުހިންމު އެއް ވަޞީލަތެވެ. ގްރީން ހައުސް ގޭސް މަދުކުރުމަށާއި، ވައި އަދި ފެން ތަޣައްޔަރުވުން ހުއްޓުވުމަށް މި ހަކަތައިން އެހީތެރިވެދެ އެވެ. އަދި މީގެ ސަބަބުން ގުދުރަތީ ވެށި ހިމާޔަތްކުރެވި، ދުނިޔެ ހޫނުވުން ލަސްކުރެވެ އެވެ. އަންނަން އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށް އެންމެންވެސް ގަބޫލު ކުރާއިރު ތިމާވެށި ހިމާޔަތް ކުރެވެން ހުރި މިފަދަ ކަންކަން ކުރުމަކީ މިހުންމު ކަމެކެވެ.

އިއާދަކުރަނިވި ހަކަތައިގެ ސަބަބުން އިޤްތިޞާދީ ގޮތުން ވެސް ގިނަގުނަ ފައިދާތަކެއް ކުރެ އެވެ. ސާފު ހަކަތައިގެ ދާއިރާއިން އާ ވަޒީފާތައް އުފެދި، ރަށްރަށަށް އަގުހެޔޮކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވެ އެވެ. މީގެ އިތުރުން، ބޭރު ފައިސާ ރާއްޖެއިން ބޭރަށް ދިއުން މަދުކުރެވި، ޤައުމުގެ އިޤްތިޞާދު ވަރުގަދަކުރުމަށް މަގުފަހިވެ އެވެ. ސަބަބަކީ ރާއްޖޭން ބޭރުވާ ބޭރު ފައިސާ ބޮޑު އިންސައްތައެއް ހޭދަ ކުރަނީ ތެލާއި ގޭހަށްކަމަށް ވާތީ އެވެ. ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށްވެފައި ތެޔޮ އުފެއްދޭނެ ގޮތެއް ނެތުމުން ގަންގަންދާ ހަރަދު ބޮޑުވެ އެވެ. އެހެންކަމުން އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާނަމަ އެކަމަށް ކުރާ ހަރަދު ކުޑަވެ އިގްތިސޯދަށް އޭގެ ފައިދާ ވާނެ އެވެ.

އިއާދަކުރަނިވި ހަކަތައަކީ ކަރަންޓު ސަލާމަތްކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުން އެއްޗެކެވެ. ސާފު ހަކަތަ އިޚްތިޔާރުކުރުމުން، ތަޣައްޔަރުވުން މަދުކުރެވި، ގުދުރަތީ ވަޞީލަތްތައް ރައްކާތެރިކުރެވި، އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ ތިމާވެއްޓެއް ކަށަވަރުކޮށްދެވެ އެވެ. އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ހަމައެކަނި ވިސްނުންތެރި ޚިޔާރެއް ނޫނެވެ. އެއީ ދެމެހެއްޓެނިވި މުސްތަޤުބަލަކަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ.

ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ