ށ. ފޭދޫގެ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޭދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެގޮތުން ށ. ފޭދޫ މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ކޮންސްޓްރަޝްން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓެޔާޑް އަހުމަދު ސައުދީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފޭދޫ މަގުތަށް ޒަމާނީ ފެންވަރަށް ތަރަށްގީ ކުރުމަކީ އެރަށުގެ ރަށްޔިތުންނަށް ވަރަށް ބޭނުންޖެހިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މިވަގުތަށް ޖުމްލަ 10 މަގު ހެދިގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
”މި މަގުތަކަކީ ހެދިގެން ދިއުމުން ރައްޔިތުންނަށް ދުވަހުން ދުވަހަށް ތަހަންމަލް ކުރަމުންދާ ދަތިތަކަށް ވަރަށްބޮޑު ފަސޭހަ ކަމެއް ލިއްބައިދޭނެ ކަންތަށްތަކެއް.“
މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަކީ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ށ. ފޭދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)