4000 ފްލެެޓްގެ ތެރެއިން ބާކީހުރި ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅަން މާދަމާ ގުރު ނަގަނީ

Advertisement

އެންމެ ފަސް

Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓްގެ ތެރެއިން ބާކީ ހުރި ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް މާދަމާ ގުރުއަތުލުން ބޭއްވުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ގުރުއަތުލުން އޮންނާނީ މާދަމާ އޮކްޓޫބަރު 8 ވާ އާދީއްތަ ދުވަހުގެ 15:00 ގައި ހައުސިންގ މިނިސްޓްރީގަ އެވެ. މި ގުރުއަތުލުމުގައި ބައިވެރިވާނީ 2 ކޮޓަރީގެ ފްލެޓަށް 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކާއި، 3 ކޮޓަރީގެ ފްލެޓަށް 76 އަށް ވުރެ މަތިން މާކްސް ލިބި، އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، މި ގުރުއަތުލުމުގައި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނޭނެ އެވެ. ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީގެ މުވައްޒަފުންނެވެ.

ގުރުއަތުލުމުން ފްލެޓް ލިބޭ ފަރާތްތަކަށް ލިބޭ ފްލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. އަދި ގުރުއަތުލުން ކުރިއަށްދާ މަންޒަރު ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އާއި މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ބްރޯޑްކާސްޓްކުރެވޭނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުރީ ސަރުކާރުން އިއުލާންކުރި ލިސްޓާ އެއްގޮތަށް ގެދޮރުވެރިޔާ ފްލެޓް ލިބޭ 3،000 އަށްވުރެ ގިނަ ފަރާތްތަކާއެކު މިހާތަނަށް ވަނީ އެއްބަސްވުންތައް ހަދާފަ އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުރިހާ ފްލެޓެއް ހަވާލުކޮށް ނިންމާލެވޭނެ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަހި ދިރިއުޅުން ކޯޕަރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ