އދ. ދަނގެތީ ކައުންސިލް އިދާރާގެ އިމާރާތާއި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

Advertisement

އެންމެ ފަސް

Advertisement

އދ. ދަނގެތީގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާއާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.

މި ދެ އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރެވެ. އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ޝަރީފެވެ.

ދަނގެތީ ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބައެކެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރުސީސީއާ ހަވާލުކޮށްގެންނެވެ. އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫޢު ކުރިއަށް ގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

މީގެ އިތުރުން މިއަދު ވަނީ ދަނގެތީގައި ގާއިމު ކުރާ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާވެސް އަޅާފަ އެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ޖިމްއާއި އެރޮބިކްސް އަދި ބޯޑު ގޭމްތައް ކުޅެވޭނެ ގޮތަށް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން މީޓިންގ ރޫމަކާއި އެކި ކަހަލަ ޓްރޭނިންގތައް ހިންގުމަށް ކުލާސް ރޫމެއްވެސް ހިމެނޭނެއެވެ.

ސަރުކާރުން މިހާރު ވަނީ އަތޮޅުތެރޭގެ 55 ކައުންސިލް އިދާރާއެއްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް 631 މިލިއަން ރުފިޔާގެ އަގެއްގައި އާރުސީސީއާ ހަވާލުކޮށްފަ އެވެ. އަދި އިތުރު 50 ކައުންސިލް އިދާރާގެ އިމާރާތް އެޅުމުގެ މަޝްރޫއެއް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް އެއްބަސްވެ، އެ މަޝްރޫ ދާދި އަވަހަށް ފެށޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އދ. ދަނގެތި އެމްއޭސީއެލް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ