ޝަހީމްގެ ރައްދެއް އަމީރުއަށް؛ މިނިސްޓްރީއާ ހަވާލުވިއިރު 30 މިލިއަން ކުންފުނިތަކަށް ނުދައްކާ ހުރި

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އެ މިނިސްޓްރީގައި އެކަނިވެސް 30 މިލިއަން ރުފިޔާގެ ބިލްތައް ނުއްދައްކާ ހުރިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި އެއްކޮށްދީ ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް އެކި މަސައްކަތްތައް ސަރުކާރުން ކުރުވުމަށްފަހު ފައިސާ ނުދީ ހުރި އެތައް ހާސް ބިލެއް އޮތް ކަމަށެވެ.

އޭގެ ތެރެއިން ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ދައްކައި، ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ އެ ވާހަކަތަކަށް ރައްދުދީ ’އަދަދު‘ އޮންލައިންއަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާތައް ބިލިއަނުން ހުރިއިރު، އެ ފައިސާ ދިނުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތް ކަމަށެވެ. ”އަޅުގަނޑުމެންނަށް އެބަ އެނގޭ މިހާރުވެސް ސަރުކާރުގެ އެ ގާބިލުކަމެއް ނެތްކަން. އެހެންވީމަ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ރައީސް މުއިއްޒު އެގޮތަށް ފާހަގަކުރިއަސް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބިލިއަނުން ފައިސާ ކޮންޓްރެކްޓަރުންނަށް ދެވޭނެ ކަމަކަށް،“ އޭނާ ވިދާޅުވި އެވެ.

އަމީރުގެ އެ ވާހަކަތަކަށް ރައްދުދީ މިނިސްޓަރ ޝަހީމް ވިދާޅުވީ ވިދާޅުވީ ސަރުކާރު ފެށުން އިރު އިސްލާމިކް މިނިސްޓްރީގަ އެކަނިވެސް 30 ވަރަކަށް މިިލިއަން ރުފިޔާ ކުންފުނިތަކަށް ނުދައްކާ އޮތް ކަމަށެވެ. އަދި މަސައްކަތްކޮށްފަ ބިލްތައް ނައިސް ހުރި އަދަދާއެކު ޖުމުލަ 50 މިލިއަން އޮތް ކަމަށެވެ. 

އެ ހުރިހައި ފައިސާއެއް މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ދައްކާފަ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބުދަ ދުވަހުގެރޭ ބޭޭއްވި ޕީއެންސީ ޖަލްސާގަ އެމަަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިށަދީ ހާލަތު ރަނގަޅުވަމުން އަންނަކަމަށާއި، ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި މި ސަރުކާރުން ކުރިއަށްދާނީ ދަރަނިތައް ދައްކަމުން، ވައުދުތައް ފުއްދަމުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ