ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މެންބަރުން އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ނަންތަކުގެ ކުރީގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހިމަނުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާގައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2 މެންބަރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ނަންފުޅުތައް އިއްވާފަ އެވެ.
ރައީސް ފޮނުއްވި ނަންފުޅުތައް ތަރުތީބުން:
- މަހާޒު އަލީ ޒާހިރު / މޭނާ، ގދ. މަޑަވެލި
- އާސިޔާ އަޡީމާ / ރޯޒްވިލާ، ރ. ހުޅުދުއްފާރު
- އިބްރާހިމް އަފީފު / ގުލްބަހާރުގެ، ބ. ތުޅާދޫ
- ޝިފާޒު އަލީ / ދފ ނަންބަރު 12854
- ފާތިމަތު ނައުޝާން / ފިޔާތޮށިގެ، ޅ. ނައިފަރު
- އަހްމަދު ޔާމީން / ބީޗްކޯނަރ، ގދ. ގައްދޫ
- ޝަވްފާ އިބްރާހިމް / އަކިރިވިލާ، ދ. މީދޫ
މި ނަންތައް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.
މި ލިސްޓުގެ ކުރީގައި ހިމެނޭ މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވަނީ ސުލޫކީ މައްސަލައެއް ބެލުމަށްފަހު މަޖިލީހުންނެވެ. މަހާޒް ސުޕްރީމް ކޯޓުން ވަކިކޮށްފައިވަނީ މޭ 14 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލިސް މަހާޒް އަލީ ޒާހިރު ޓެކްސް އެޕީލް ޓްރިބިއުނަލް
