ފެނަކަ ކޮރަޕްޝަންގެ މައްސަލައެއްގަ ސައީދުއަށް 4 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

Advertisement

އެންމެ ފަސް

Advertisement

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވާކަމަށް ހުކުމްކޮށް، އޭނާގެ މައްޗަށް 4 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަ ނުކޮށް އަދި މަސައްކަތް ނިންމިކަން ކަށަވަރު ނުކުރަނީސް، އެ މަސައްކަތަށްވާ ފައިސާ ދޫކޮށް، ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައެކެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި މި އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް 848,000 ރުފިޔާގެ ގެއްލުން ވެފައިވެ އެވެ.

މި މައްސަލައިގައި ފެނަކަ ސައީދުގެ އިތުރުން ދައުވާ ކުރެވުނު އަނެއް ފަރާތަކީ ފެނަކަގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ސާލިހެވެ. އޭނާގެ މައްޗަށްވެސް ކުރެވުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ސައީދުގެ އިތުރުން ދީނާގެ މައްޗަށްވެސް ކުށް ސާބިތުވާ ކަމަށެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަޑުއެހުމުގައި ކުށުގެ ދަރަޖަތައް މަތިކޮށް ގާޒީ ނިންމެވީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

މި މައްސަލައިގެ އިތުރުންވެސް އިތުރު މައްސަލަތަކެއްގައިވެސް ސައީދުގެ މައްޗަށް އަންނަނީ ދައުވާތަކެއް އުފުލަމުންނެވެ.

ކްރިމިނަލް ކޯޓު ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ