ތ. އަތޮޅު ތަރައްގީގެ ރާޑަރަށް އެރުވުމަށް ވައުދުވިން، އާރްޓީއެލްއަކީ އެ ވައުދު ފުއްދަން ކުރެވުނު މަސައްކަތެއް: ރައީސް

Advertisement

އެންމެ ފަސް

Advertisement

ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަކީ އެ އަތޮޅު ތަރައްގީގެ ރާޑަރަށް އެރުވުމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނި ތ. ވޭމަންޑުއަށް ވަޑައިގެންފަ އެވެ. އެގޮތުން ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރަން އަދި މަގުތައް ހެދުމުގެ މަޝްރޫއުއަކީ އެރަށަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ.

އެގޮތުން ވޭމަންޑޫ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް އަވަސް ސްޕީޑުގައި ފުރިހަމަކޮށް ނިންމާލާދެއްވާނެ ކަމަށާއި، ބަނދަރު ހެދުމުގެ މަސައްކަތަކީ މުހިންމު އަދި ދަތިވެފައިވާ މައްސަލައަށް ހައްލު ހޯދައިދޭނެ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބަނދަރު މަސައްކަތްވެސް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމާލަދޭނެ ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެރަށަށް 25 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ ކަމަށާއި އަދި އެ މަސައްކަތް ވަރަށް އަވަހަށް ފެށި އެއްވެސް ހުއްޓުމެއް ނައިސް ނިންމިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިރޭ ތ. އަތޮޅުގެ އާރްޓީއެލް ފެރީގެ ހިދުމަތް ފެށިއިރު، އެކަމަށް އަލިއަޅުވާލައްވާ ރައީސް މުއިއްޒު ވިދާޅުވީ އާރްޓީއެލްގެ ހިދުމަތަކީ މުޅި ތ. އަތޮޅަށް މުހިންމު ވެފައިއޮތް ހިދުމަތެއް ކަމަށެވެ.

”[ތ. އަތޮޅުގައި] ދުރުދުރުގައި ރަށްތައް ހުރީ. ވަރަށް ދަތި ހާލުގައި މިޔޮށްހާ ޒަމާނުގައި ތިބޭފުޅުން އުޅެމުންތިއައީ. އަޅުގަނޑު ރައްޔިތުންނަށް ވައުދުވިން، މިކަން ބަދަލުކުރާނެ ކަމަށް. މި އަތޮޅު ތަރައްގީގެ ރާޑަރަށް އަރުވައިދޭނެ ކަމަށް. އެ ވައުދު ފުއްދަން އަޅުގަނޑު ވައުދުވިގޮތަށް އެކަން ކުރަމުން އިރާދަކުރެއްވިއްޔާ މިދަނީ. މިއީ އެގޮތުން ކުރެވުނު މަސައްކަތެއް.“

ރައީސް މުއިއްޒު ވިދާޅުވީ އާރްޓީއެލްގެ ނިޒާމު ވާނީ ތ. އަތޮޅުގެ ރައްޔިތުން އުޅެމުންދިޔަ ތަކުލީފުތަކުން ރައްޔިތުން ސަލާމަތްކޮށް ކުރިއެރުން ގެނެސްދޭނެ މަސައްކަތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް 6 މަސްތެރޭގައި މުޅި ރާއްޖޭގައި އާރްޓިއެލްގެ ހިދުމަތް ފުރިހަމަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ވޭމަންޑޫއާއި ކިނބިދޫއާ ކޯޒްވޭއަކުން ގުޅުވާލުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދާނޭ ގޮތަކާމެދު މަޝްވަރާތައް ކުރުމަށްފަހު މިހާރު އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމަށް އިއުލާނުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލީ ކްރޮސް ސަބްސިޑީގެ އުސޫލުންކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ ވޭމަންޑޫގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ވޭމަންޑޫގައި ފީފާ ސްޓޭންޑަޑް ފުޓްބޯޅަ ދަނޑެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިއަންނަ ވޭމަންޑޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. ވޭމަންޑޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ