ބީއެމްއެލްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތަޢާރަފްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތަޢާރަފްކޮށްފި އެވެ.

މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މިކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ކޮންގް ޝިއަންގްވާ، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ތަޢާރަފްކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި ޗައިނީސް ޔުއާން އެކައުންޓް، އިންޓަރނޭޝަނަލް ޓްރާންސްފަރ ޚިދުމަތް، ލެޓަރ އޮފް ކްރެޑިޓް، ވީޗެޓް ޕޭ އަދި ވީޗެޓް ވޮލެޓް ހިމެނެ އެވެ. މި ޚިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ޗައިނާއާއެކު ކުރާ މާލީ މުޢާމަލާތްތައް ފަސޭހަވެގެންދާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދާއި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވާލުމުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔުނިއަންޕޭ ކާޑުތައް ދޫކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލް އިން ބުނެ އެވެ. މި ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭނެ ގްލޯބަލް ޕޭމަންޓް ނެޓްވަރކް ކާޑެކެވެ.

ރާއްޖެ - ޗައިނާ ބީއެމްއެލް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ޗައިނާ ޗައިނާ ސަފީރު ކޮންގ ޝިއަންހުއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ