ދަރަނި ދައްކަން ކުރި ހޭދަ ބޮޑުވުމުން ޔޫސަބަލް ރިޒާވް ދަށަށް

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ހަތް އިންސައްތަ ދަށްވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކާގޮތުގައި މި ދަށްވުން އައިސްފައިވަނީ އިމްޕޯޓާއި ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވުމުގެ ސަބަބުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔޫސަބަލް ރިޒާވްގައި ހުރީ 190 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހު ”ޝޯޓް-ޓާމް ނެޓް ޑްރެއިންސް“ ގެ ގޮތުގައި 736 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު ހަތް އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 90 އިންސައްތައިގެ ދަށްވުމެކެވެ.

ޔޫޒަބަލް ރިޒާވް ދަށްވެފައިވާއިރު، ރަސްމީ ރިޒާވް ވަނީ ހަތަރު އިންސައްތަ އިތުރުވެފަ އެވެ. އޮގަސްޓް މަހު ރަސްމީ ރިޒާވްގައި 810 މިލިއަން ޑޮލަރު ހުރިއިރު، ޖުލައި މަހު ހުރީ 775 މިލިއަން ޑޮލަރެވެ. މި އަހަރުގެ ތެރޭގައި ރިޒާވް އެންމެ މަތިވި މަހަކީ އޭޕްރީލް މަހެވެ. އެ މަހު ރިޒާވްގައި 856 މިލިއަން ޑޮލަރު ހުއްޓެވެ.

ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭއިން ވަނީ އިންޑިއާގެ ރިޒާވް ބޭންކް (އާރްބީއައި) އާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލިބިފައިވާ 343 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރަން ނިންމާފަ އެވެ. މީގެ އިތުރުން މިހާރުވެސް އާރްބީއައި މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ބޭނުންކުރަމުން ގެންދެ އެވެ.

ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭއިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެނެސް، ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ޑޮލަރުގެ އަދަދު އިތުރުކޮށްފަ އެވެ.

އިމްޕޯޓް އެކްސްޕޯޓް އެމްއެމްއޭ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ