ނޭޕާލްގެ ޤާނޫނު ހަދާ މަޖިލިސް އުވާލައިފި، އިންތިހާބު އަންނަ މާޗް މަހު

Advertisement

އެންމެ ފަސް

Advertisement

ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އެގައުމުގެ ޤާނޫނުހަދާ މަޖިލިސް އުވާލާ، އިންތިހާބު ބާއްވާނެ ތާރީޚު އިއުލާނުކޮށްފި އެވެ.

ނޭޕާލްގައި ސޯޝަލްމީޑިއާ ބޭން ކުރުމާއި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެ ޒުވާނުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާއާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު އަދި ސަރުކާރުގެ މިނިސްޓަރުންތަކެއް ވަނީ މަގާމުން އިސްތިއުފާދީފަ އެވެ.

ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ ހުވާ، އެގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކާރކީ ކުރެއްވީ އިއްޔެ އެވެ. ނޭޕާލްގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ ކަމުގައިވާ ސުޝީލާ ކާރކީ ވެފައިވަނީ އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ.

ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ސުޝީލާ ކާރކީ އައްޔަނު ކުރެއްވުމަށްފަހު ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް ވަނީ އެ ގައުމުގެ ޤާނޫނުހަދާ މަޖިލިސް އުވާލެއްވިކަން އިއުލާނު ކުރައްވާފަ އެވެ. އަދި އިންތިޚާބު އަންނަ އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ.

ނޭޕާލްގެ ޤާނޫނުހަދާ މަޖިލީހުގައި 275 މެންބަރުން ތިބެ އެވެ. ބަރުލަމާނީ ނިޒާމެއް އޮންނަ މި ގައުމުގައި ސަރުކާރު އެކުލަވާލާނީ މަޖިލީހުގެ ތެރެެއިންނެވެ.

މިދިޔަ ދެ ހަފްތާއެއްގައި ނޭޕާލްގައި ހަމަނުޖެހުން ބޮޑުވިއިރު، އާ ބޯޑުވަޒީރާއެކު އެގައުމުގައި މިހާރު ވަނީ ހަމަޖެހުން ގާއުމުކުރެވިފަ އެވެ. އަދި ކާފިއުފަދަ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ވަނީ ފަށާފަ އެވެ.

ނޭޕާލްގައި ޒުވާނުން ކުރި މުޒާހަރާތަކުގައި 51 މީހުން މަރުވެ، 1،300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ނޭޕާލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ