ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާމެދު މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދުކުރި އިއުލާންގައިވާގޮތުން އިހުމާލުވާ ފަރާތްތަކަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
ވަޒީފާއާބެހޭ ގާނޫނުގެ 8 ވަނަ އިސްލާހުގެ ދަށުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކަށް މި ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގާނޫނުގެ 7-65 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
މި ފިޔަވަޅުތައް ތަންފީޒުކުރަމުންދާނީ 2025 ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ކުރުމަށް ފަހުގައި ނޫނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި، ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ